ޕްރަބާސް، ދީޕިކާ ޕަދުކޯންގެ ފިލްމު، ކަލްކީ 2898 އޭޑީ އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިމަހުގެ 27 ވަނަ ދުވަހު ނެރުނު މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން، އަދި ކަމާލް ހާސަން ވެސް ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ ހުރިހާ ބަހަކުން އަޑު އަޅައިގެން މި ފިލްމު ދައްކަމުން ދާއިރު މި ފިލްމު ނެރުނު ފުރަތަމަ ދުވަހުވެސް 95.3 ކްރޯޑް ރުޕީސް އަދި ހުކުރު ދުވަހު 106 މިލިއަން ރުޕީސް ލިބިފައިވެއެވެ. އަދި ހޮނިހިރު ދުވަހު ފިލްމުގެ ކަލެކްޝަންތައް އިތުރުވެ، ހޮނިހިރު ދުވަހު 105 މިލިއަން ރުޕީސްގެ އާމްދަނީއެއްވެސް ވަނީ ލިބިފައެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގައި ވެސް މި ފިލްމަށް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާއިރު، ދެ ދުވަހުގެ ތެރޭގައި 551 މިލިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމު އުފެއްދި ފަރާތުން ވަނީ، އިންޑިއާގެ ސިނަމާ ދުނިޔޭގެ މުނިފޫހިފިލުވުމާ ދިމާއަށް ކުރިއަށްދާ ކަމުގެ ގިނަ ނިޝާންތަކެއް ފެންނަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކަލްކީ 2898 އޭޑީ ވެސް އޭގެ ނަމޫނާ އެއް ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު