ނެޓްފްލިކްސް ގައި މިހާރު އެންމެ މަޝްހޫރު ބޮލީވުޑްގެ ފިލްމު ”މަހާރާޖް“ ކުޅެން 5 މަސް ދުވަހުގެ ތެރޭ ހަށިގަނޑުން 25 ކިލޯ ލުއިކުރި ކަމަށް އެކްޓަރު ޖައިދީޕް އަހުލާވަތު ބުނެފިއެވެ.

"މަހާރާޖް" ގައި ޖާދޫނާތު މަހާރާޖްގެ ރޯލުން ފެނިގެންދިޔަ ޖައިދީޕް އަހުލާވަތު ބުނީ ފިލްމަށް ތައްޔާރުވުމަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ބުރަ މަސައްކަތް ކުރި ކަމަށާއި އެއީ ވޭންހުރި ކަމަކަށް ވި ކަމަށެވެ.

ޖައިދީޕް ބުނީ މަހާރާޖްގައި އޭނާގެ ރޯލު ކުޅެން ވެގެން އޭނާގެ ބަރުދަން ގާތްގަނޑަކަށް 26 ކިލޯ ލުއި ކުރިކަމަށާއި އެކަން ކުރީ އެންމެ ފަސް މަސް ދުވަހުގެ ތެރޭގަ އެވެ. އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖައިދީޕް ވަނީ އެ ތަޖުރިބާއާ ހިއްސާކޮށްފަ އެވެ.

​​"ހަށިގަނޑު ބަދަލުވުމަކީ ޖިސްމާނީ ގޮތުން ވަރަށް ގޮންޖެހުން ބޮޑު ކަމެއް. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ކަސްރަތު ނުކޮށް ހުރިން، ފުރަބަންދަށް ފަހު ވަރަށް ބަރުވި. އުނދަގޫ އަދި ވޭންދެނިވި ކަމެއް." ބަރުދަން ލުއި ކުރުމުގެ ތަޖުރިބާ ހިއްސާކުރަމުން ޖައިދީޕް ބުންޏެވެ.

މަހާރާޖް ގައި ޖައިދީޕް އަހުލާވަތުގެ ކެރެކްޓަރަކީ މިނިވަންކަމުގެ ކުރިން އިންޑިއާގައި ނިކަމެތި އަދި ގޮތް ހުސްވެފައިވާ މީހުންގެ ބޭނުން ހިފާ ބާރުގަދަ މީހެއްގެ ރޯލެވެ.

މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ދުޅުވާފައި ވަނީ 1862 ވަނަ އަހަރު އުޅުނު އިންޑިޔާގެ މަހާރާޖްގެ މައްސަލަ އަކާއެވެ. މި ފިލްމު ރިލީޒް ކުރުންވެސް މަޑުޖައްސާލަން ޖެހުނެވެ. އެއީ ފިލްމުގައި ފެނިގެންދާ މަންޒަރު ތަކަކީ އަސްލު ހާދިސާގައިވެސް ކަން ހިނގާފައިވާ ގޮތަށް އަސްލާ އެއްގޮތަށް ކުޅެފައިވާ ފިލްމަކަށް ވާތީއެވެ. އެގޮތުން ގުޖުރާތު ހައިކޯޓުން ފިލްމު ރިލީޒް ކުރުންވެސް ފަސްކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން