”ކަކުޑާ“ ގެ ޕޯސްޓަރ ނެރުމާއެކު ފޭނުން މި ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަން ހާމަކޮށްފިއެވެ.

'ހީރަމަންދީ' އަށް ފަހު ސޮނާކްޝީ ސިންހާ ފެނިގެންދާ ”ކަކުޑާ“ ގެ ޕޯސްޓަރުގައި ސޮނާކްޝީ ފެނިގެންދަނީ އަނދިރިތަނެއްގެ ތެރޭގައި ހުޅު ރޯކޮށްފައިވާ އެއްޗެއް ހިފައިގެން ވަރަށް ބިރުން ހުންނަ މަންޒަރެވެ. މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ރިތޭޝް ދޭޝްމުކް އާއި އާސިފް ހާން ހިމެނެއެވެ.

މި ފިލްމަކީ އުއްތަރަ ޕްރަދޭޝްގެ މަތުރާ ސަރަހައްދުގެ ރަޓޯޑީ އަވަށާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. ރަޓޯޑީއަކީ އެހެން އަވަށްތައް އޮންނަ ގޮތަށް އޮންނަ ތަނެއް ކަމަށް ފެނުނަސް އަސްލު އެ އަވަށަކީ ބިރުވެރިކަން ފެތުރިފައިވާ އަވަށެކެވެ. މި އަވަށުގެ ކޮންމެ ގެއެއްގައި އެއްގޮތަކަށް ހުންނަ ދެ ދޮރެއް ހުރެއެވެ. ނަމަވެސް އެއްދޮރަށް ވުރެ އަނެއް ދޮރު ހުންނަނީ ކުޑަ ކޮށެވެ.

މި ފިލްމުގައި ދައްކުވައިދޭ ކޮންމެ ގެއެއްގެ ކުޑަ ދޮރު ކޮންމެ އަންގާރަ ދުވަހެއްގެ ރޭގަނޑު 7:15 ގައި ހުޅުވަން ޖެހޭނެ ކަމަށާއި އަދި މި އުސޫލަށް އަމަލު ނުކުރުމަކީ ގޭގެ މީހާއަށް އަދަބު ލިބޭ ކަމެއްގެ ގޮތުގައި ފިލްމުން ދައްކުވައި ދެއެވެ. މި ފިލްމްގައި ކަކުޑާ އަކީ ކާކު ކަމާއި ރަށުގެ ފިރިހެނުންނަށް އަދަބު ދެނީ ކީއްވެގެން ކަމަށާއި ރަށުގެ ރައްޔިތުން އެކަމުން ސަލާމަތްވާނީ ކިހިނެއް ކަމާއި މިހުރިހާ ސުވާލު ތަކުގެ ޖަވާބުވެސް ލިބިގެންދާނެއެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ 'ޒޮމްބިވިލީ' އާއި 'މުންޖްޔާ'ގެ ޑައިރެކްޓްކޮށްފައިވާ އަދީއްޔާ ސަރްޕޮޓްދާރެވެ. ފިލްމު ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން