ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމެރީ އިތުރު ކައިވެންޏެއް ކުރަން ތައްޔާރުވެއްޖެއެވެ. މި ޚަބަރު އަލް އަމެރީ ހިއްސާކޮށްފައިވަނީ އޭނާގެ ވާން އުޅޭ އަނބިމީހާގެ އަތުގައި ހިފައިގެން ހުރި ފޮޓޯއެއް ހިއްސާކުރަމުންނެވެ.

އިންސްޓަގްރާމުގައި ހިއްސާކުރި މި ފޮޓޯގައި ޚާލިދު އާއި އޭނާގެ ވާން އުޅޭ އަނބިމީހާ އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެނެއެވެ. އަދި ދެމީހުންގެ އަތުގައިވެސް އެންގޭޖްމަންޓް އަނގޮޓިއެއް އަޅާފައިވާތަންވެސް ފެނެއެވެ.

އުމުރުން 40 އަހަރުގެ ޚާލިދު އިންސްޓަގްރާމުގައި މި ފޮޓޯ ހިއްސާކުރަމުން "الحمدلله" މި ކެޕްޝަން ޖަހާފައި ވެއެވެ. މި ޕޯސްޓަށް މިހާރު 180،000 އާއި ގާތްކުރާ އަދަދަކަށް ލައިކްސް ވަނީ ލިބިފައެވެ. ތަހުނިޔާގެ މެސެޖުތަކާއެކު މި ފޮޓޯއަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުންދާއިރު އެންމެންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މިފަހަރު ޚާލިދު ކައިވެނި ކުރީ ކާކާތޯ؟ މި ސުވާލެވެ.

މިހާތަނަށް އައިއިރު ޚާލިދު އަލް އަމެރީ އޭނާގެ ވާން އުޅޭ އަނބިމީހާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން