ވިރާޓް ކޯލީއާއި އަނުޝްކާ ޝަރްމާ
ވިރާޓް ކޯލީއާއި އަނުޝްކާ ޝަރްމާ
ކްރިކެޓު ތަރި ވިރާޓް ކޯލީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު އަނބިމީހާ އަނުޝްކާ ޝަރްމާއަށް ރައްދުކޮށް އަގުވަޒަންކުރުމުގެ ނޯޓެއް ލިޔެފިއެވެ.

ވިރާޓް ވަނީ އޭނާގެ ޓީމަށް މިފަހަރުގެ ޓީ20 ވޯލްޑް ކަޕް ތަށި ކާމިޔާބުވުމުން އަނބިމީހާ އަނުޝްކާ ޝަރްމާގެ އަގު ވަޒަންކޮށް އިންސްޓަގްރާމުގައި ފޮނި ނޯޓެއް އާންމު ކޮށްފައެވެ. އޭނާ އަނުޝްކާގެ އިންސްޓަގްރާމް އެކައުންޓު ޓެގްކޮށް ލިޔެފައިވަނީ އޭނާއަށް އެފަދަ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އަނުޝްކާ އޭނާއަށް އަބަދުވެސް ހިތްވަރުދީ ނަސޭހަތް ދޭތީ ކަމަށެވެ. އަދި އޭނާއަށް އެ ލިބުނު ކާމިޔާބީއަކީ އޭނާއާއި އެއްވަރަށް އަނުޝްކާގެވެސް ހައްގެއް ކަމަށް އޭނާ ލިޔެފައިވެއެވެ.

އަދި ނޯޓު ނިންމާލަމުން އަނުޝްކާއަށް ޝުކުރު އަދާކޮށް، އޭނާގެ އަމިއްލަ ކަންމަތީ ދެމިހުންނާތީ ވަރަށް ލޯބިވާކަމަށްވެސް ބުނެފައިވެއެއެ. ވިރާޓަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން އަނުޝްކާވެސް ވަނީ މީސް މީޑިއާގައި ފިރިމީހާއަށް މަރުހަބާ ކިޔާފައެވެ.

ޓީ20 ކަޕްގެ ތަށި ހޯދުމަށް އިންޑިއާއިން 11 އަހަރުވަންދެން ކުރި ދިގު އިންތިޒާރަށް ނިމުމެއް ގެނެސްދިނީ ވިރާޓް ކޯލީގެ ފަންނުވެރިކަމާއި، ޓީމްގެ ކެޕްޓަން ރޯހިތު ޝަރްމާގެ މިންނެތް މަސަތްކަތުންނެވެ.

ޓީ20 ކަޕްގެ އެންމެ ފަހު މެޗު ނިންމުމަށްފަހު ވިރާޓް ކޯލީ ވަނީ އޭނާ ރިޓަޔާ ވާން އުޅޭކަމަށް އިއުލާންކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ރިޓަޔާރ ވަނީ ދެން އަންނަން އޮތް ޖީލަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަމަށެވެ. ވިރާޓްގެ ރިޓަޔަމެންޓުގެ ހަބަރަކީ ވިރާޓުގެ ފޭނުންނަށް ވަރަށްވެސް ހިތާމަވެރި ހަބަރަކަށް ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން