ސިޔާސީ ދާއިރާއަށްޓަކައި ބޮލީވުޑް ދޫކޮށްލި ބަަތަލާ، ކަންގަނާ ރަނާއަތު އެންމެ ފަހުން ކުޅުނު ފިލްމު އެމެޖެންސީ، ވަރަށް އަވަހަށް ނެރެން ނިންމައިފި އެވެ،
ކަންގަނާ އެންމެ ފަހުން ކުޅެފައިވަނީ "އެމެޖެންސީ" ކިޔާ ފިލްމެކެވެ.
އެ ފިލްމު މި މަހު ކުރީކޮޅު ނެރެން އޮތް ނަމަވެސް ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުމެ އެންމެ ފަހުން އިންޑިއާގައި ބޭއްވި ޕާލަމަންޓްރީ އިންތިހާބުގައި ވާދަކުރަން ކެމްޕޭންކުރަން ޖެހުމުން އެ ފިލްމު ނެރުން އޮތީ ފަސްކޮށްފަ އެވެ.
ނަމަވެސް އެ ފިލްމު ލަސްނުކޮށް އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ނެރެން މިހާރު ވަނީ ނިންމައިފަ އެވެ.
އެމެޖެންސީއަކީ އިންޑިއާގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު އިންދްރާ ގާންދީގެ ދުވަސްވަރު ސިޔާސީ ގޮތުން އެ ގައުމު ހަލަބޮލިވީ ދުވަސްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
އެ ފިލްމުގައި ކަންގަނާ ކުޅެނީ އިންދްރާ ގާންދީގެ ރޯލެވެ.
ކަންގަނާ ވަނީ ހަތަރު ފަހަރު އިންޑިއާގެ ގައުމީ އެވޯޑް ހާސިލްކޮށްފަ އެވެ. ނަމަވެސް ސިޔާސީ ދާއިރާއަށް ނުކުތުމުން ފިލްމީ ދާއިރާއަށް ވަގުތު ނޯންނާނެ ކަމަށް ބުނެ ކަންގަނާ ވަނީ ފިލްމުކުޅުން ހުއްޓާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު