ޒަޔަނިސްޓް އިސްރާއީލުގެ ޓޭންކަރުތައް ޣައްޒާ ސިޓީގެ ޝުޖާޔޭ އަވަށުގެ އާންމުން ދިރިއުޅޭ ގެތައް ވަށާލާފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

ޣައްޒާގެ ހާލަތު ކަވަރު ކުރަމުންދާ އަލްޖަޒީރާއިން އިން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ފަލަސްތީނުގެ ގައިދީން އިންސާނީ ޝީލްޑްގެ ގޮތުގައި ބޭނުންކޮށްގެން ޣައްޒާގައި ގޮވާތަކެތި ހޯދަމުން ކަމަށެވެ.

މީގެއިތުރުން ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން ސަރަހައްދުގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ތިން މީހަކުވެސް ވަނީ ޒަހަމްކޮށްލާފައެވެ. މިހާދިސާ އާއި ގުޅިގެން އިސްރާއީލުގެ ސިފައިން ބުނީ އާންމުން ދިރިއުޅޭ އެޕާޓްމަންޓަށް ބަޑިޖަހާފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންނަށް ހަމަލާދިނީމަކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 37،877 މީހުން މަރުވެ 86،969 މީހުން ޒަޚަމްވެފައިވާއިރު، ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން