ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަމަށް ބަދަލުގެނެސްފި އެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި "އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން"ގެ ނަން "ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް އަދި "ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް ބަދަލުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން" ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން" ގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.
ހަމަ އެހެންމެ ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ ހަމަަޖައްސަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު