އިންޑިއާގެ އުތުރުގައި އެތައް ހާސް ބަޔަކު ބައިވެރިވި ދީނީ ޖަލްސާއެއްގައި ފިތި ބާރުވެގެން 60 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.

އުއްތަރު ޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގެ ރަށެއްގައި ކްރަޝް އަށް ފަހު 150 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ މެޑިކަލް އޮފިޝަލް އުމޭޝް ޓްރިޕާތީ ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އޮފިޝަލް އާޝިޝް ކުމާރު ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ޑިސްޓްރިކްޓްގެ ހޮސްޕިޓަލްތަކުގެ މޯޗަރީތައް މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުން ފުރިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްވުމުގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު މި ހާދިސާ ހިނގާފައި ވަނީ ބޮލޭ ބާބާ ނަމަކަށް ކިޔާ ދީނީ ލީޑަރަކާ އެކު ބޭއްވި ހަރަކާތަކަށް ފަހު އެތަނަށް އެއްވި ބައެއް މީހުން ފުރަން އަވަސްވެގަތުމުން ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ.

ފުލުހުންގެ އޮފިސަރު ރާޖޭޝް ސިންގް ވިދާޅުވީ މި ހާދިސާގައި މީހުން ފިތި ބާރުވާން ޖެހުނު ސަބަބަކީ ހަރަކާތަށް ފުރަތަމަ އަންނާނެ ކަމަށް ރިޕޯޓު ކުރި 5000 މީހުންގެ ބަދަލުގައި 15،000 އަށް ވުރެ ގިނަ މީހުން އެއްވެފައިވާތީ އެވެ.

ގިނަ މީހުން އެއްވެ ހިނގާ މިފަދަ ހަރަކާތްތަކުގައި މީގެ ކުރިންވެސް މީހުން ފިތި ބާރުވުމުގެ ސަބަބުން ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން