ހަޔާތުގެ ބައިވެރިޔާ، ނުވަތަ ތިމާގެ ލޯބި ވެރިޔާގެ ފޯނު ބެލުމަކީ ވަރަށް ގިނަ މީހުން ކުރަން ބޭނުންވާ އަދި ކޮށްއުޅޭ ކަމެކެވެ. މި ޒަމާނަކީ މީސް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކާވެސް ފަސޭހަކަމާއެކު ގުޅުވައިދޭ ޒަމާނެކެވެ. މިކަމުގެ ސަބަބުން ބައިވެރިޔާ އުޅޭ ނޫޅޭގޮތް ބެލުމަށް ބޭނުން ވުމަކީ ކޮންމެ މީހެއްގެ މިޒާޖުގައިވެސް ހުންނާނެ ސިފައެކެވެ. ބައިވެރިޔާގެ ހުއްދަ އާއި ނުލާ އޭނަގެ ފޯނު ބެލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ތިމާގެ ބައިވެރިޔާގެ ހުއްދަނެތި އޭނާގެ ފޯނު ބެލުމަކީ އޭނަގެ ޕްރައިވެސީ ގެއްލޭ ކަމެކެވެ. ބައިވެރިޔާގެ ފޯނު ބަލައި އޭގައިވާ މެސެޖުތައް ބެލުމަކީ އޭގެ ސަބަބުން ބައިވެރިޔާގެ އިތުރުން އޭނާގެ ރައްޓެހިންގެ ޕްރައިވެސީވެސް ގެއްލުމަށް މެދުވެރިވާ ކަމެކެވެ. ބައިވެރިޔާގެ ފޯނު ބަލަން ބޭނުންވާނަމަ އެއިން އެނގެނީ ބައިވެރިޔާއާއި ތިމާއާމެދު އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމެވެ. ތިމާއާއި ދޭތެރޭ ޝައްކުކުރާ ކަމެވެ.
ބައިވެރިޔާގެ ފޯނު ބަލާލަން ބޭނުންވާ ކޮންމެ ފަހަރަކު އެންމެ ރަނގަޅީ އަމިއްލަ ނަފްސާއި މި ސުވާލުތައް ކޮށްލުމެވެ. ލޯބިވެރިޔާގެ ފޯނުބަލަން ބޭނުންވަނީ ކީއްވެ؟ ފޯނުބެލުމުން ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެތޯ؟ ތިމާގެ ލޯބިވެރިޔާއަށް އިތުބާރު ކުރެވެން އޮތީ ފޯނު ބަލައިގެންތޯ؟ އަދި ބައިވެރިޔާގެ ފޯނު ބަލާނީ ހުއްދަ ހޯދައިގެންތޯ ނުވަތަ ނޫންތޯ؟ މި ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލުމުން ބައިވެރިޔާއާއި ތިބާއާއި ދެމެދުވާ ގުޅުމަކީ ކިހާވަރެއްގެ ގުޅުމެއްކަން އެނގިގެންދާނެއެވެ.
ދިރާސާކުރާ މީހުން ބުނާގޮތުގައި ތިމާގެ ލޯބިވެރިޔާ، ނުވަތަ ހަޔާތުގެ ބައިވެރިޔާގެ ފޯނު ގިނަ ފަހަރަށް ބެލުމަށް ބޭނުންވާ މައިގަނޑު ސަބަބަކީ ބައިވެރިޔާއަށް އިތުބާރު ކުރެވޭ މިންވަރު ކުޑަވުމެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ނުވަތަ އެކީގައި ދިރިއުޅުމެއް ފަށައިގެން އުޅޭއިރު އެކަކު އަނެކަކަށް ދޭން ޖެހޭ ވަގުތު ނުދެވި، އެކަކު އަނެކަކާ ދެކެވެން ޖެހޭ ވާހަކަތައް ނުދެއްކޭނަމަ ބައިވެރިޔާއަށް ކުރެވޭ އިތުބާރު ކުޑަވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސިއްރުން ނަމަވެސް ބައިވެރިޔާގެ ފޯނު ބަލައި އޭނާގެ އަމަލުތައް ހުންނަ ގޮތް ޔަގީންކުރަން ބޭނުން ވެއެވެ.
ދެމީހެއްގެ ދެމެދުގައިވާ ގުޅުން ހަރުދަނާކޮށް ކުރިއަށް ގެންދެވޭނީ އެކަކު އަނެކަކަށް އިތުބާރުކޮށް، އަނެކާގެ އިހުސާސްތަކާމެދު ވިސްނައި، އެކަކު އަނެކަކާ ވަަހަކަ ދައްކައި ކަންކަން އޮޅިންފިލުވައިގެންނެވެ. މިގޮތަށް ކަންތައް ކުރުމުން ސިއްރުން ބައިވެރިޔާގެ ފޯނު ނުބެލިޔަސް ތިމާއާއި ބައިވެރިޔާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު