ދުނިޔެއަށް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލައިގައި އެމެރިކާގެ 21 ސްޓޭޓެއްގައި 110 މިލިއަން މީހުންނަ ވަނީ ހޫނުގަދަވާނެ ކަމުގެ އިންޒާރު ދީ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ. އެގައުމުގެ ހުޅަނގުގެ ބައެއް ސްޓޭޓްތަކުގެ ހޫނުމިން 116 ޑިގްރީއަށް އަރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެވެ އެވެ.

ސެން ފްރެންސިސްކޯގެ ނޭޝަނަލް ވެދަރ ސާވިސް އިން އަންގާރަ ދުވަހު ބުނީ ހޫނުގެ މިތޫފާން ހަ ދުވަހާއި 12 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށާއި މިއީ 18 އަހަރު ތެރޭގައި އެ ސަރަހައްދުން ފެނުނު އެންމެ ގިނަ ހޫނު ގަދަ ދުވަސްތައް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު މުޅި އެމެރިކާގެ ހޫނުމިން ކުރިން ނާރާވަރަށް މައްޗަށް އެރިއިރު، ކުރިއަށް އޮތް ހަފްތާ ތެރޭގައި 130 އަށް ފިނިހޫނުމިން ދަށްވެދާނެ ކަމަށް އެންބީސީ ނިއުސް އިން ބުނެ އެވެ.

އަދި ބުދަ ދުވަހުގެ ނިޔަލަށް ހޫނުކަމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އެމެރިކާގެ ކެލިފޯނިއާ، ޓެކްސަސް، އޮކްލަހޯމާ އަދި އާކަންސަސްގައި ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން