އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބުކުރި ލޭބާ ޕާޓީއަށާއި އެ ޕާޓީގެ ލީޑަރު ކެޔާ ސްޓާމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިހާބުން މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުން ލޭބާ ޕާޓީއަށް ވަނީ ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް ގޮނޑި ލިބިފަ އެވެ. އެގޮތުން 363 ގޮނޑި ލޭބާ ޕާޓީއިން ނަގާފައިވާ އިރު ޖުމްލަ 410 ގޮނޑި ނަގާނެ ކަަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ލޭބާ ޕާޓީ އަށާއި އެ ޕާޓީގެ ލީޑަރަށް މަރުހާބާ ވިދާޅުވެ، ވިދާޅުވީ އާ ސަރުކާރުގެ ޒައާމަތުގައި އިނގިރޭސިވިލާތުގައި މުޅިން އާ ފާގަތި ދުވަސްތަކެއް ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ހަމަ އެހެންމެ ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވެވަޑައިގަންނަވާކަން ވެސް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ލޭބާ ޕާޓީން ވެރިކަމަށް އަންނަނީ 14 އަހަރަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު