ބަލިހާލަތު ކޮންމެ ގޮތަކަށް ހުއްޓަސް ރިޔާސީ ރޭހުން ވަކިވުމުގެ ވިސްނުމެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނުގެންގުޅުއްވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައި ވަނީ ބޭރުގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގެ ރިޔާސީ ރޭހުން ވަކިވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަން ބައިޑަން ވިދާޅުވުމުންނެވެ.

ބައިޑެން ވިދާޅުވީ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ބަލިކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އުމުރުން 81 އަހަރުގެ ބައިޑެން އޭބީސީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރައީސްގެ ހައިސިއްޔަތުން ކޮންމެ ދުވަހަކު ކުރިމަތިވާ މަސައްކަތްތަކަށްވެސް ހަނދާނުގައި ކަންކަން ހުރި މިންވަރު ބަލަން ޓެސްޓެއް ހަދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހެން ވިދާޅުވި ނަމަވެސް، ބައިޑެން ޕޯޑިއަމްތަކަށް އަރާފައި ވަރަށް ގިނައިން ހަނދާން ނެތޭ ކަމަށާއި ބައިޑެންގެ ހާލުކޮޅާއިމެދު އޭނާގެ ޕާޓީގެ އިސް ބޭފުޅުންނާއި އިންތިހާބަށް ފަންޑުކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދާދިފަހުން ރޮއިޓާސް/އިޕްސޯސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ކޮންމެ ތިން ޑިމޮކްރެޓުންގެ ތެރެއިން އެކަކު ބޭނުންވަނީ ބައިޑަން ރިޔާސީ ރޭހުން ވަކިވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން