މިއަދު ފެށުނު އިސްލާމީ އާ އަހަރާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމީ ގައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ މި އާ އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަހުންނާއި އުހުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށާއި، ހާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުއާ ދަންނަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ޞުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން