އިންޑިޔާއާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދު، ކަޝްމީރުގައި ހިނގި ހަމަނުޖެހުމެއްގައި އަށް މީހުން މަރުވެއްޖެ އެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި ހަމަލާތައް ބަޑިން ބަދަލުކުރެވިފައިވާއިރު އިންޑިޔާ ސިފައިންގެ ދެ މީހާކާއި އިދިކޮޅު ފަރާތުގެ ހަ މީހުން ވަނީ މަރުވެފައެވެ.
ކަޝްމީރު ޕޮލިސްގެ އިންސްޕެކްޓަރު ޖެނެރަލް ވިދީ ކުމާރު ބިރްދީ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުން ތަފާތު ދެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަންތައް ހިނގާފައި ވަނީ ކުލްގަމް ޑިސްޓްރިކްޓްގެ މައްސަލަ ބޮޑު ސަރަހައްދުތަކުގައި ކަމަށެވެ.
ބިރްދީ ވިދާޅުވީ މޮޑެގްރާމް އަދި ފްރިސަލް ޗިންނިގަމް އަވަށުގައި ބަޑީގެ ހަމަލާ ދިންކަމަށާއި މި ހަމަނުޖެހުމުހައި މޮޑަރގްރާމް އިން ދެ ޓެރަރިސްޓުންގެ ހަށިގަނޑު ހޯދާފައިވާ ކަމަށާއި އަދި ފްރިސަލް ޗިންނިގަމް އިން އިތުރު ހަތަރު ޓެރަރިސްޓެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށެވެ.
ހަމަލާ ދިން ކަޝްމީރުގެ މި ސަރަހައްދުގައި މީގެ ކުރީގައިވެސް އެތައް ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ. އަދި މިހަމަލާތަކުގައި ދެ ގައުމުގެ ސިފައިންވެސް މަރުވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މިފަހަރުގެ މި ހަމަނުޖެހުމުގައި ހަމަލާތައް ބަދަލުކުރެވުނީ ކޮން ބަޔަކާތޯ އަދި ޔަގީންވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު