މުޅި އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ވައްތަރުތަކެއް ފެތުރެން ފަށައިފިއެވެ.
އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުން ދަނީ އެފް.އެލް.އައި.އާރް.ޓީ ކޮވިޑް ވެރިއަންޓެއް ކަމަށް އެގައުމުގެ ސިއްހީ މާހިރުން ބުނެއެވެ. ކޮވިޑްގެ އާ ވައްތަރާއެކު އެގައުމުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ބަލިމީހުން ގިނަވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑްގެ އާ ވޭރިއަންޓުތަކުގެ ކޭސްތަކުގެ އަދަދު އިތުރުވީ ވެކްސިންތަކާއި ކުރީގެ އިންފެކްޝަންތަކުން އުފެދިފައިވާ އިމިއުނިޓީ ދަށްވުމުންކަމަށް ދާއިރާގެ މާހިރުން މައުލޫމާތު ދެއެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީގެ އާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހުކުރު ދުވަހުގެ ނިޔަލަށް އެގައުމުގެ ހޮސްޕިޓަލުތަކުގައި ކޮވިޑް ބަލީގައި އެޑްމިޓްކުރާ މީހުންގެ އަދަދު 24 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ 100،000 މީހުންގެ ތެރެއިން 2.67 މީހުންގެ އަދަދު ވަނީ 3.31 އަށް އިތުރުވެފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން، ކޮވިޑްގެ އާ ވޭދަނައިގައި ހޮސްޕިޓަލުގައި ގިނައިން ފަރުވާ ހޯދަމުންދަނީ 85 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން ގިނަ މީހުން މިހާރު ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކޮށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު