ގޭގައިވެސް ސާފު ޑިސްޓިލްޑް ފެން ތައްޔާރު ކުރެވޭނެ.
ގޭގައިވެސް ސާފު ޑިސްޓިލްޑް ފެން ތައްޔާރު ކުރެވޭނެ.
ޑިސްޓިލްޑް ފެނަކީ ނަރުދަމާ ފެނާއި މުޅިން ތަފާތު ފެނެކެވެ. މި ފެނަކީ ފެނުގައި ހުންނަ ނަޖިސްތަކާއި، މައުދަންތަކާއި، މެގްނީޒިއަމް އާއި ކެލްސިއަމްގެ އިތުރުން ސޯޑިއަމް ފަދަ ބާވަތްތައް ނައްތާލުމަށްފަހު ތައްޔާރު ކުރެވޭ ވަރަށް ސާފު ފެނެކެވެ. މި ފެން ތައްޔާރު ކުރެވެނީ ސްޓީމް ޑިސްޓިލޭޝަންގެ ޒަރިއްޔާއިންނެވެ.

ޑިސްޓިލްޑް ފެން ގޭގައިވެސް ތައްޔާރު ކުރެވިދާނެއެވެ.

ގޭގައި ޑިސްޓިލްޑް ފެން ތައްޔާރު ކުރާނެ ގޮތް!

- އަޅުގަނޑުމެންނަށް ގޭގައި ވެސް ޑިސްޓިލްޑް ފެން ތައްޔާރު ކުރެވިދާނެއެވެ. ގޭގައި މި ފެން ތައްޔާރު ކުރުމަށް ފުރަތަމަ ބޮޑު ތެއްޔެއް އުނދުންމަތީ ބެހެއްޓުމަށްފަހު އޭގެ ތެރެއަށް 8 ތަށި ފެން އަޅާލާށެވެ. އެއަށްފަހު އެފެން ތެލީގެ ތެރޭގައި އެއަށްވުރެ ކުޑަ ތެއްޔެއް ބަހައްޓާށެވެ. މިހެން ހަދާއިރު ކުޑަ ތެލި ފެނުގެ މަތީގައި ފްލޯޓުވާނެއެވެ.



- ދެން އުނދުން މެދު ހޫނުމިނެއްގައި ޖައްސާލާނީއެވެ.

- އެއަށް ފަހު ބޮޑު ތެލީގެ މަތި އިދިފުށަށް ޖަހާލާނީއެވެ. މިގޮތައް މަތި ޖެހުމުން ހެދޭ ޑިސްޓިލް ފެން ކުޑަ ތެއްޔަށް އެޅޭނެއެވެ.

- އެއަށް ފަހު އިދިފުށަށް އޮތް މަތީގެ މައްޗައް ގަނޑުފެން އަޅާނީއެވެ. މިހެން ހެދުމުން ފެން އުފެއްދޭ ވަރު އަވަސް ވާނެއެވެ.

- އެއަށްފަހު ޑިސްޓިލް ފެން ހެދެންދެން މަޑު ކުރާނީއެވެ.

- ކުޑަ ތެއްޔަށް އެޅޭ ހުރިހާ ފެނަކީވެސް ޑިސްޓިލް ވެފައިވާ ފެނެވެ.

ޑިސްޓިލްޑް ފެނަކީ ބޭނުންކުރުމަށް ރައްކާތެރި އެއްޗެއް ނަމަވެސް ޑިސްޓިލް ކުރުމުގެ ސަބަބުން ނަރުދަމާ ފެނުގައި ގުދުރަތީ ގޮތުން ހުންނަ ކެލްސިއަމް އާއި މެގްނީޒިއަމް ފަދަ އެހީތެރި ހުރިހާ މާއްދާތަކެއް ނައްތާލައެވެ. އޭގެ ސަބަބުން ޑިސްޓިލްޑް ފެން އާންމުގޮތެއްގައި ބުއިމަށް ބޭނުންކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

ސްލީޕް އެޕްނިއާ ޖެހިފައިވާ މީހުންނަށް ބޭނުންކުރާ ސީޕީއޭޕީ މެޝިން ނުވަތަ އެހެން ބާވަތެއްގެ ހިއުމިޑިފަޔާ ބޭނުންކުރާ މީހުންނަށް ޑިސްޓިލްޑް ފެނަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ސަބަބަކީ ޑިސްޓިލް ފެނަކީ ވަރަށް ސާފު ފެނަކަށް ވާތީއެވެ. މީގެ އިތުރުން ކެމިކަލްތައް ގިނަ ފެން ހުންނަ ތަނެއްގައި އުޅޭނަމަ އިސްތަށިގަނޑު ދޮންނައިރު އިސްތަށިގަނޑު ރައްކާތެރި ކުރުމުގެ ގޮތުންވެސް ޑިސްޓިލް ފެން ބޭނުން ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން