ނައިޖީރިއާގެ ސެންޓްރަލް ޕްލެޓޫ ސްޓޭޓްގައި ސްކޫލް އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ ކުދިން މަރުވެ 100 އަށް ވުރެ ގިނަ ކުދިން އިމާރާތުގައި ތާށިވެއްޖެއެވެ.
ނައިޖީރިއާގެ ސެންޓްރަލް ސްޓޭޓްގެ ވެރިރަށް ޖޯސްގެ ސެއިންޓް އެކަޑަމީން ހިންގާ ސުކޫލެއްގައި މިހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނު ދަރިވަރުން ކްލާހުގައި ތިއްބައެެވެ.
ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނޭމާ) އިން ބުނީ "މަރުވި މީހުންގެ ސީދާ އަދަދު އަދިވެސް ކަށަވަރު ކުރެވެމުންދާ" ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަދުވެގެން 17 ދަރިވަރުން މަރުވެފައިވެ އެވެ.
އެކްސްގައި ނޭމާ ކުރި ޕޯސްޓެއްގައި ބުނީ ތާށިވެފައި ތިބި 40 އަށް ވުރެ ގިނަ ދަރިވަރުން ސަލާމަތްކޮށް ލޯކަލް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ނައިޖީރިއާގެ ޕަންޗް ނޫހުން 17 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ރެޑްކްރޮސްގެ ތަރުޖަމާނު ނޫރުއްދީން ހުސައިން މަގާޖީއާ ހަވާލާދީ އޭއެފްޕީ ނޫސް އެޖެންސީން ބުނެފައިވަނީ 21 މީހުން މަރުވެފައިވާ ކަމަށެވެ.
އެ ސްކޫލުގައި 1،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ކަމަށް ބެލެވެ އެވެ.
މި އިމާރަތް ވެއްޓުނު ސަބަބެއް ނޭނގުނު ނަމަވެސް އެސްޓޭޓްގައި ދިރިއުޅޭ ރައްޔިތުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިހާދިސާ ހިނގީ ޕްލެޓޫއަށް މިދިޔަ ތިން ދުވަހު ބޯކޮށް ވާރޭވެހިފަަައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު