އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕޭން ރެލީއެއްގައި ވާހަކަ ދައްކަވަނިކޮށް ބަޑިން ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.

އެ ހާދިސާ ހިނގައިފައިވަނީ ޓްރަމްޕް އެމެރިކާގެ ޕެންސެލްޥޭނިއާގައި އުޅުއްވަނިކޮށެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ އަމާޒުވީ އެމަނިކުފާނުގެ ކަނާތު ކަންފަތަށެވެ.

އަދި މިހަމަލާއާއެކު ޓްރަމްޕް ވެއްޓި ވަޑައިގަންނަވާއިރު ޓްރަމްޕް ހުންނަވަނީ ކަންފަތުގައި އަތް އަޅުއްވައިގެން ނެވެ.

ޓްރަމްޕްގެ ކެމްޕެއިން ޓީމުން ފަހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ "ޓްރުތު ސޯޝަލް"ގައި ފަހުން ވިދާޅުވީ ކަންފަތަށް ވަޒަން އެރި ކަމަށެވެ.

އެ ހާދިސާގައި ޓްރަމްޕަށް ހަމަލާދިން މީހާގެ ގަޔަށް ސަލާމަތީ ބާރުތަކުން ވަނީ ބަޑި ޖަހައި މަރާލައިފަ އެވެ. މިއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ބަލައި ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން