ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގައި ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ދިން ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ޓްރަމްޕް ގެއަށް ދޫކޮށްލައިފިއެވެ.
ބަޑީގެ ހަމަލާއިން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސް ޓްރަމްޕް ގެއަށް ދޫކޮށްލައިފިއެވެ. ޓްރަމްޕް މިހާރު ވަނީ އެމެރިކާގެ ނިއު ޖާޒީގައި ހުންނަ އޭނާގެ ގެއަށް އެނބުރި ވަޑައިގެންފަ އެވެ ޕެންސިލްވޭނިއާގައި ބޭއްވި ހަރަކާތުގައި ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ދިން ބަޑީގެ ހަމަލާއިން ސަލާމަތްވެފައިވާއިރު މި ހަމަލާދިން މީހާ ވަނީ ސީކްރެޓް ސާވިސްއިން ވަގުތުން މަރާލާފައެވެ.
އެފްބީއައި އިން ބުނާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހާ އަކީ އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ނަމަކަށް ކިޔާ ފިރިގެނެކެވެ.
ބަޑީގެ ހަމަލާގައި މި އެއްވުމުގައި ބައިވެރިވި މީހަކު މަރުވެފައިވާއިރު އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެސް ވަނީ ލިބިފައެވެ.
މަންޒަރު ދުށް މީހަކު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބަޑިޖެހުމުގެ ކުރިން ކައިރީގައި ހުރި ފުރާޅެއްގައި ރައިފަލެއް ހިފައިގެން ހުރި މީހަކު އުޅެނިކޮށް ފެނުނު ކަމަށެވެ.
މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު