ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ފޮތް މައުރަޒުގެ ތެރެއިން -- ފޮޓޯ/ ވަގުތު
ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ފޮތް މައުރަޒުގެ ތެރެއިން -- ފޮޓޯ/ ވަގުތު
ލިޔުންތެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ފޮތް މައުރަޒު މިއަދު ފަށައިފިއެވެ.

މި މައުޒަރު ފައްޓަވައިދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމްއެވެ.

ލިޔުންތެރިންގެ ގުޅުން ޖަމިއްޔާއާ ގުޅިގެން، "ފެންޑާ މައުރަޒު 2024" ގެ ނަމުގައި ކުރިއަށް ގެންދާ މި މައުރަޒު ކުރިއަށް ދާނީ މިއަދާ މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00ގެ ނިޔަލަށެވެ.

ދިވެހި ބަހުގެ އެކެޑަމީގައި ކުރިއަށް ގެންދާ މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ފޮތްތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ވާހަކަ، އަދަބީ ފޮތްތައް، ތާރީޚީ ފޮތްތައް އަދި ކުޑަކުދިންނާ ގުޅޭ ފޮތްތަކުގެ އިތުރުން ނާވިލު ހިމެނެއެވެ.

މައުރަޒުން ލިބެން ހުރި ފޮތްތައް، އާއްމުކޮށް ވިއްކާ އަގަށް ވުރެ އަގު ހެޔޮ ކޮށްފައިވާ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން