ދިވެހި ބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމަށް ހަސަން ޝާކިރު މުހައްމަދު ހޮވިއްޖެއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ޝާކިރު ހޮވިފައިވަނީ ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ރައީސަކު ހޮވަން ނެގި ސިއްރު ވޯޓުގައި، ކޮމެޓީގެ 5 މެމްބަރުންގެވެސް ވޯޓާއެކުގައެވެ.
ކުރިން މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރެއްވި ޝާކިރު އެންމެ ފަހުން ހުންނެވީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
ޝާކިރަކީ 1998 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމާއި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިންނާއި ދިވެހިބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ ބޭފުޅެކެވެ. އަދި 2022 ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމީ އިނާމު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު