ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން، ބަހުގެ އެކި މަޢުލޫމާތުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ގިނަ އައު ސިފަތަކަކާއެކު ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ދިވެހިބަހުގެ އެކެޑަމީން ނެރެފިއެވެ.
މި އައު އިސްދާރުގެ މޯބައިލް އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މީގެ ސަބަބުން ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލުމުގެ ފުރުޞަތާއި، ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ފަސޭހަކަމާއެކު ބަލައިލުމުގެ މަގު ވަނީ ފަހިވެފައެވެ. މީގެއިތުރުން ބޭނުންކުރާ ފަރާތްތަކަށް އެންމެ ކަމުދާ ލަފުޒުތައް ފާހަގަކޮށް 'ފޭވަރިޓް' ކޮށްފައި ބެހެއްޓުމާއި، ކުރިން ހޯދާފައިވާ ލަފުޒުތަކުގެ ތާރީޚު (ހިސްޓްރީ) ބަލައިލެވޭނެ ނިޒާމެއް ވެސް ވަނީ ހިމަނައިފައެވެ. އަދި ކުރިން ލަފުޒެއްގެ މާނަ ހިއްސާކުރެވެނީ ހަމައެކަނި ލިންކެއްގެ ގޮތުގައި ކަމަށްވިޔަސް، މި އައު ބަދަލާއެކު ލަފުޒާއި އޭގެ މާނަ އެއްކޮށް އެހެން ފަރާތްތަކާ ހިއްސާކޮށްލެވޭނެއެވެ.
ބަހުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ރަދީފަށް އިތުރުކުރެވޭ ލަފުޒުތައް "ބަސްތޫރަ ލިސްޓު"ން ވަކިން ފެންނަން ހުންނާނެ ގޮތް ވަނީ ހަދައިފައެވެ. އަދި އާންމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާބަސްތައް ވެސް މި އިސްދާރުން ވަކިން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، ކުރިން ވެސް ފެންނަން ހުންނަ "ދުވަހު ލަފުޒު"ގެ ލިސްޓު އެއްތަނަކުން ފެންނާނެހެން، ކުރީގެ ކޮންމެ ދުވަހެއްގެ ލަފުޒެއް ވިޔަސް "ދުވަހުގެ ލަފުޒު" ބައިން މިހާރު ވަކިން ބަލައިލެވޭނެއެވެ.
އުނގެނުމާއި ދިރާސާކުރާ ފަރާތްތަކަށް މަސައްކަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ނަމާއި، ކަމާއި، ނަންއިތުރު ފަދަ ޤަވާއިދުގެ ބައިތައް ވަކިން ބަލައިލެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި އަދަބީ ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސް ފަދަ ބައިތައް ވަކި ގިންތިތަކަކަށް ބަހައިލެވިފައިވާއިރު، ދޫންޏާއި، ގަސްގަހާގެއްސާއި، ބަލިބަލީގެ ނަންތައް ފަދަ ތަފާތު ގުރޫޕުތަކުގެ ލިސްޓުތައް ވެސް މިހާރު ރަދީފުން ފެންނަން ހުންނާނެއެވެ.
މި އައު އިސްދާރުގައި މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ބައެއް ހަރަކާތްތައް ހިމަނާފައިވާއިރު، ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބަހުގެ ބައެއް ކުޅިވަރުތައް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ދިވެހިބަހުގެ އެކެޑަމީން ބުނީ މިއީ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި، އައު ލަފުޒުތަކާއި މާނަ ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށާއި، މި އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރަމުންދާނެ ކަމަށެވެ. އެހެންކަމުން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން އިޞްލާޙާއި ޚިޔާލުތައް ހިއްސާކުރަމުން ގެންދިއުމަށް އެކެޑަމީން ވަނީ އެދިފައެވެ.
މީގެއިތުރުން ދޫންޏާއި ގަސްގަހާގެހި ފަދަ ތަފާތު ގުރޫޕުތަކުގެ ބައިތައް ކުރިއަށް އޮތް ތަނުގައި އިތުރަށް މުއްސަނދިކޮށް ތަރައްޤީކުރާނެ ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު