އައްޑޫ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، އައްޑޫ ޕޮލިސް އެކަޑަމީގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ކުދިންތަކެއް ބަލިވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަ ދާކަމަށެވެ.

ކާނާ ވިހަވީކަމަށް ސީދާ ވިދާޅުނުވެ ފުލުހުން ބުނެފައިވަނީ މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، އެތަނުގައި ތިބި ބައެއް ވަނީ މިކަން ހިނގީ ކާނާ ވިހަވެގެންކަމަށް ބުނެފައެވެ.

ކާނާ ވިހަވެގެން އެޑްމިޓް ކޮށްގެން ފަރުވާ ދެނީ ކިތައް ކުދިންނަށްކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން