އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީން ހަދަމުންދާ ގިނަ އަދަދެއްގެ ފުލުހުންތަކެއް ކާނާ ވިހަވި މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ފޮލިސް އެކެޑަމީގައި ކިޔަވަމުންދާ 32 ފުލުހަކު ކާނާވިހަވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަން ފުލުހުން ހާމަކުރީ ރެ އެވެ.

އެކަމާ ގުޅިގެން ޝާހިދު އެކްސްގައި ވަނީ ކާނާ ވިހަވި ދަރިވަރުންނަށް އަވަސް ޝިފާއެއް އެދި ދުއާ ދަންނަވައިފަ އެވެ.

އަދި އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާދިސާގެ މިނިވަން ތަހުގީގެއް ކުރުމަށް ޝާހިދު ގޮވާލެއްވި އެވެ.

ފުލުހުން ބުނި ގޮތުގައި ފަރުވާ ދިނުމަށްފަހު ބައެއް ދަރިވަރުން އަނބުރާ ޕޮލިސް އެކެޑެމީ އަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ކާނާވިހަވި ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކަށް ފަރުވާ ދެމުންގެންދަނީ އައިސީޔޫގައެވެ. އަދި އެއް ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކާނާ ވިހަވި ދަރިވަރުންނަކީ އަންނަ ހޮނިހިރު ދުވަހު ޕޮލިސް ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެއް ކަމަށް މަައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން