ޕީއެސްއެމުން އާ އިމާރާތެއް އަޅާތީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެެވެ.

ޕީއެސްއެމުން ތިން ބުރީގެ އާ އިމާރާތެއް އަޅަން ނިންމިކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު އެތަނުން ކުރި އިއުލާނެއްގަ އެވެ.

އެގޮތުން ޕީއެސްއެމުން ކުރި އެ އިއުލާނުގައި ވަނީ އިމާރާތެއް ކުރަހައި އަދި ބީއޯކިއު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެކަމާ ގުޅިގެން ވަހީދު އެކްސްގައި ވިދާޅުވީ ހިނގަހިނގާ ހުރި ވަރަށް ޒަރޫރީ މަސައްކަތްތައް، ޚަރަދު ކުޑަކުރުމުގެ ނަމުގައި މިހާރު އޮތީ ހުއްޓާލައިފައި ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ ޕްރޮޮަގެންޑާ ފަތުރައިދޭތީ ދައުލަތުގެ މީޑިޔާއަށް އަލުންބަލުންވެސް ތަންތަން އަޅައިދޭން ޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ނިމި ދިޔަ ވެރިކަމުގައި 2022 ވަނަ އަހަރުވެސް ޕީއެސްއެމަށް 15 ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން ދެ ފަހަރު އިއުލާންކުރި އެވެ.

އޭރު ޕްލޭންކޮށްފައި އޮތީ އާ އިމާރާތް ޕީއެސްއެމްގެ ގޯތިތެރޭގައި އޮންނަ ހުސް ބިމުގައި ހެދުމަށް ފަހު މިހާރު ހިންގާ އިމާރާތް ތަޅާލުމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން