ތައުހީދުގެ ތިން ބައިގައި ހިފަހައްޓައިގެން ނޫނީ ފުރިހަމަ ގޮތުގައި ﷲއަށް އެއްކައުވަންތަކުރާ މީހަކަށް ނުވާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުހީދުގެ މަތިވެރި އަގީދާއާއިގެން ކަމަށާއި އަދި ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަސްލުގެ މަތީގައި ކަމަށެވެ.
ތައުހީދަކީ މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން ކަމަށާއި އެގޮތުން ތައުހީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަގީދާ ހާސިލެއް ނުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ތައުހީދު ބެހިފައިވަނީ ތިން ބަޔަކަށް ކަމަށެވެ.
އެގޮތުން ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުން ކަަމަށާއި އެއީ މާތް ﷲއަށް ހާއްސަވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކުކުރުމުން ދުރުހެލިވުން ކަމަށް ބުނެފައި ވެއެވެ.
"ހަލްގުކުރެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒުގުދެއްވުމާއި، ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި، މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ގަބޫލުކުރުމެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ތައުހީދުގެ ދެވަނަ ބައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުމެވެ. އެގޮތުން ތައުހީދުލްއުލޫހިއްޔާއަކީ އަޅުކަމުގެ ގޮތުން ކުރެވޭ ހުރިހައި ކަމެއް އެކަލާނގެއަށް ޚާލިސްކުރުމާއެކު އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރުމަކާނުލައި އަޅުކަންކުރުން ކަަމަށް ބުނެފައި ވެއެވެ.
ތައުހީދުގެ ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތި ކަމަށާއި އެއީ މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށް ބުނެފައި ވެއެވެ. އަދި އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ތައުހީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު