ރައީސް ޖޯ ބައިޑެން
ރައީސް ޖޯ ބައިޑެން
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ކަންކަމުން ދުރުވާން ރައީސް ޖޯ ބައިޑެން އަށް މަޖުބޫރު ވެއްޖެއެވެ.

ރައީސް ބައިޑެން ކޮވިޑް-19 އަށް ފައްސިވުން ވެގެން ދިޔައީ ކުރިޔަށް ވުރެ ބޮޑަށް ކެމްޕެއިން ހަރަކާތްތަކުން ދުރުގައި ހުންނަން މަޖުބޫރުވި ކަމެކެވެ. ކޮވިޑަށް ފައްސިވުމާއެކު ބައިޑެންގެ އަމިއްލަ ޕާޓީގެ ތާއީދު ކުޑަވަމުންދާ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ބައިޑެން ކޮވިޑާ ހަނގުރާމަކުރަމުންދާ މި ދަނޑިވަޅަކީ ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ކުރި މަސައްކަތް ނާކާމިޔާބުވެ ޓްރަމްޕަށް އިތުރު ހިއްވަރަކާ ފޯރިއާއެކު ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ދުވަސްކޮޅެކެވެ.

ރައީސް ޖޯ ބައިޑަން އަށް 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވުމަށް ޕްރެޝަރު ކުރައްވާ އިތުރު ފަރާތްތަކަކީ، ޑިމޮކްރެޓިކް ޕާޓީގެ މުހިންމު ދެ އެކުވެރިން ކަމަށްވާ ނޭންސީ ޕެލޯސީ އާއި ޗަކް ޝޫމަރ އެވެ. ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ މިދެ ޝަހުސިއްޔަތުންވެސް ބައިޑެން ރިޔާސީ ރޭހުން ވަކިވުމަށް ގޮވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރީގެ ހައުސް ސްޕީކަރާއި ސެނެޓްގެ މެޖޯރިޓީ ލީޑަރު ކޮންމެ މީހަކު ވެސް ވަނީ ފާއިތުވި ދުވަސްތަކުގައި ބައިޑެން އާ ވަކިވަކިން މަޝްވަރާކޮށް، ޓްރަމްޕް ބަލި ނުކުރެވޭނެ ކަމުގެ އިންޒާރު ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން