ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޔަމަނުގެ ރަތް ކަނޑުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހުދައިދާއަށް ހަމަލާތައް ދެމުން ދަނީ ހޫތީ ޖަމާއަތުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
އިސްރާއީލް އަސްކަރިއްޔާއިން ޔަމަނަށް ހަމަލާތައް ދެމުން ދަނީ އިސްރާއީލުގެ ޓެލްއަވީވަށް ހޫތީން ޑްރޯން ހަމަލާތަކެއް ދީފައި ވަނިކޮށެވެ. އެ ހަމަލާތަކުގައި އެކަކު މަރުވެ 10 މީހަކު ޒަހަމްވި އިރު އެ ހަމަލާގެ ޒިންމާ ހޫތީން ނަގާތާ އެއް ދުވަސް ވަނީ ވެފައެވެ.
ހޫތީއާ ގުޅިފައިވާ އަލް މަސީރާ ޓީވީން ބުނީ އިސްރާއީލުން މިހާރު ދެމުންދާ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހުދައިދާގެ ތެޔޮ ރައްކާކުރާ ތަންތަނާއި އިންޖީނުގެއަކަށް ކަމަށާއި އެ ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ ކަމަށެވެ. ސިއްހީ އޮފިޝަލުންނާ ހަވާލާދީ އެ ނިއުސް އެޖެންސީން ބުނެފައިވަނީ ވައިގެ މަގުން ދިން ހަމަލާތަކުގައި މިހާތަނަށް މަރުވީ ކިތައް މީހުން ކަމެއް އަދި ޔަގީން ނުކުރެވޭ ކަމަށެވެ.
ޒަޔަނިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާތަކަކީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން ހޫތީންނާ ދެކޮޅަށް އިސްރާއީލުން ދިން ސީދާ ހަމަލާ ކަމަށް އެނގިފައިވާ ފުރަތަމަ ހަމަލާ އެވެ. މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގެ އެކި ހިސާބުތަކުގައި އަނިޔާވެރިކަން އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ހޫތީގެ އެންމެ މަތީ ސިޔާސީ މަޖިލީހުން ވަނީ ހޮނިހިރު ދުވަހުގެ ހަމަލާއަށް ރައްދު ދިނުމަށް ހުވާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު