އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި އެވެ.
މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައި ތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާކުރެއްވުމަށް ޓަކައި ބާއްވަވާ މައުރަޒެކެވެ.
މި މައުރަޒުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތަކުން އެ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރާނެއެވެ. މިމައުރަޒުގައި ގާއިމުކޮށްފައިވާ ސްޓޯލްތަކުގެ ތެރޭގައި:-
- ދިވެހިރާއްޖޭގެ ޒަކާތު ހައުސް
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
- މޮސްކް މެނޭޖްމެންޓް ސެކްޝަން
- ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް
- ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް
- އިސްލާމިކް ދަޢުވާ
- ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
- މިނިސްޓަރ ބިއުރޯ
- އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ހިމެނެއެވެ.
މި މައުރަޒު، މިއަދު ހަވީރު 18:00 އަށް އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު