އެމެރިކާގެ ރިޔާސީ ރޭހުން ޖޯ ބައިޑަން ވަކިވެވަޑައިގެންފިކަން އިއުލާން ކުރައްވައިފިއެވެ.
ރައީސް ބައިޑަން އެގައުމުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ދޫކޮށްލެއްވި ކަން އިއުލާން ކުރައްވައި ވިދާޅުވީ އެ ނިންމުން ނިންމެވީ ޕާޓީއަށާއި ގައުމުގެ މަސްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ރައީސް ބައިޑަން މި ނިންމެވުން ނިންމެވީ އެމެރިކާގެ ރައްޔިތުން ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް އަދި ވޯޓުލުމަށް ހަތަރު މަހަށް ވެފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މި އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު ބައިޑަންގެ ވަކިވުން ވެގެންދާނީ ޓްރަމްޕަށް ލިބޭނޭ ބޮޑު ކާމިޔާބީއަކަށްކަން ފާހަގަ ކުރެވެއެވެ.
ބައިޑަން ވަނީ ރައީސްކަން ކުރެއްވުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށް ވިދާޅުވެ އޭނާގެ މީސް މީޑިއާ އެކައުންޓުގައި ސިޓީއެއްވެސް ހިއްސާ ކުރައްވާފައެވެ. އަދި އަންނަ ހަފްތާގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު