އެމެރިކާގެ ރައީސަކު ހޮވުމަށް މި އަހަރު ފަހުކޮޅު ބާއްވާ އިންތިހާބީ ރޭހުން ވަކިވެވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހޭރިސްއަށް ތާއިދު ކުރައްވަން ނިންމަވައިފި އެވެ.
އުމުރުފުޅުން 81 އަަހަރުގެ ޖޯ ބައިޑެން ރިޔާސީ ރޭހުން ވަކިވިކަން އިއުލާން ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ.
އެއީ ބައިޑެން އުމުރުން ދުވަސްވެ ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ރައީސްކަމަށް އެކަށީގެންނުވާ ކަމަށް އެތައް ބަޔަކު ބުނަމުން ދިއުމާއެކު އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ނެވެ.
ބަައިޑެން އެކްސްގައި ވިދާޅުވީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވުމަކީ އެމަނިކުފާނު މިހާތަނަށް ނެންގެވި އެންމެ ރަނގަޅު ނިންމެވުން ކަމަށެވެ.
އަދި ކަމާލާ ހޭރިސްއަށް ތާއިދުކުރައްވާ ކަން ހާމަކުރައްވައި ބައިޑެން ވިދާޅުވީ މިއީ ޓްރަމްޕް ބަލިކުރަންވީ ވަގުތު ކަމަށެވެ.
ބައިޑެންގެ އެ ނިންމެވުމާ ގުޅިގެން ކަމާލާ ވިދާޅުވީ ބައިޑެން އެކަމަނާއަށް ތާއިދު ކުރެއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ކަމާލާއަށް ތާއިދުކުރައްވާކަން ހާމަ ކުރައްވަމުން ނެވެ،

ކިޔުންތެރިންގެ ހިޔާލު