ފަލަސްތީނުގެ ޣައްޒާގައި ހަމާސްއިން ބޭނުންކުރާ ބިންގަރާސްތައް ހަލާކު ކުރުމަކީ ވާނެކަމެއް ނޫންކަން އިސްރާއިލުން އެއްބަސްވެއްޖެ އެވެ.
އިސްރާއިލުގެ އެންމެ މިނިވަން އެއް މީޑިއާ ކަމަށްވާ "ހަރެޓްޒް"އިން އިސްރާއިލުގެ ސިފައިންނާ ހަވާލާދީ ބުނީ ހަމާސްއިން ބޭނުންކުރާ ބިންގަރާސްތަކެކޭ "މަކުނުވާ ތަކެކޭ" އެއްގޮތް ކަމަށެވެ.
އަދި އެތަނުން އެއް ބިންގަރާސް ހަލާކުކޮށްލާއިރު ބިންގަރާހުގެ އަނެއް ފަޅިން އަނެއްކާވެސް އެހެން ދިމަދިމާލަށް އޮންނަނީ ގުޅިފައި ކަމަށެވެ.
އަދި އެ ބިންގަރާސްތައް ގުޅިފައި އޮންނަ ނެޓްވޯކް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ހަރެޓްޒްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިސްރާއިލުން ޣައްޒާއަށް އަރައިގަތީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ހަނގުރާމަ ފެށިފަހުން އަހަރެއްހާ ދުވަސްވާން ކައިރިވި އިރުވެސް އެ ބިންގަރާސްތައް ނައްތާލުމުގައި އިސްރާއިލަށް ވަނީ ނާކާމިޔާބުވެފަ އެވެ.
އިސްރާއިލުން ކުރިން ރާވައިފައި އޮތީ މޫދު ލޮނު ފެން އެ ބިންގަރާސްތަކަށް ފޮނުވައިގެންއެ ތަންތަން ނައްތާލުމަށެވެ.
ނަމަވެސް އެރޭވުމަކީ މިއީ ބޮޑު ޕްލޮޕް ޕްލޭނެއް ކަމަށް އިސްރާއިލަށް ވެސް މިހާރު ވަނީ ވިސްނިފަ އެވެ،
އިސްރާއިލުގެ ސިފައިން މީގެ ކުރިން ވަނީ ބައެއް ބިންގަރާސްތައް ހޯދައި ހަލާކުކޮށްލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހަމާސްގެ މުޖާހިދުން ވަނީ އެ ބިންގަރާސްތަކުގައި ޔަހޫދީ ސިފައިން ތާށިކޮށްލައި އެ ތަންތަން ގޮއްވާލައިފަ އެވެ.
ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި ހަމާސްގެ ބިންގަރާސްތަކެކޭ ވިއެޓްނާމް ހަނގުރާމައިގައި ބޭނުންކުރި ބިންގަރާސްތަކެކޭ އެއްފަދަ އެވެ. އެގޮތުން އެމެރިކާ ސިފައިން ވިއެޓްނާމްގެ ހަނގުރާމަވެރިން ބޭނުންކުރި ބިންގަރާސްތަކަށް ވަނުމުން ވިއެޓްނާމް ހަނގުރާމަވެރިންވެސް ވަނީ އެމެރިކާ ސިފައިން އެ ތަންތަނުގައި ތާށިކޮށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
އެ ސަބަބާ ހުރެ ވިއެޓްނާމް ހަނގުރާމައިގައި ބިންގަރާސްތަަކަށް ވަންނަން އެމެރިކާ ސިފައިންނަށްވީ ވަރަށް ބިރުވެރި ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު