ތިންވަނަ ފަހަރަށް ވެނެޒުއެލާގެ ރިޔާސީ އިންތިހާބު ނިކޮލަސް މަޑޫރޯ ކާމިޔާބު ކުރައްވައިވިއެވެ. އުމުރުން 61 އަހަރުގެ ނިކޮލަސް މަޑޫރޯ ވެނެޒުއެލާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަން އިއުލާން ކުރައްވާފައި ވަނީ އެގައުމުގެ އިންތިހާބީ އިދާރާއިންނެވެ.

ވެނެޒުއެލާގެ ގައުމީ އިންތިޚާބީ ކައުންސިލްގެ އިސްވެރިޔާ އެލްވިސް އަމޮރޯސޯ ވިދާޅުވާ ގޮތުގައި ރައީސް މަޑޫރޯއަށް 51 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު 44 އިންސައްތަ ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް އެޑްމަންޑޯ ގޮންޒާލެޒްއެވެ. އެލްވިސް އަމޮރޯސޯ ވިދާޅުވީ ނަތީޖާ ނެރެފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ 80 އިންސައްތަ ބަލައިގެން ކަމަށާއި އެއީ ކުރިންވެސް ކުރަމުން އަންނަ އާދައެއް ކަމަށެވެ.

ގޮންޒާލޭޒް އިންތިހާބުގައި ތަމްސީލު ކުރެއްވީ އިދިކޮޅު މައި ޕާޓީތަކުގެ ކޯލިޝަންގެ ފުރިހަމަ ތާއީދާއި އެއްކޮށެވެ. އޭނާ އިދިކޮޅު ކޯލިޝަންގެ ތަރުހީބު ހޯއްދެވީ އެގައުމުގެ އަސްލު އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އިންތިހާބުގައި ވާދަކުރުން މަނާކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމުމާއި ގުޅިގެންނެވެ.

ވެނެޒުއެލާ ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އޭގެ ސަބަބުން އެގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އެގައުމު ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ. އަދި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއެލާގެ ތެލުގެ ސިނާއަތަށް އިތުރު ގެއްލުންތަކެއް ލިބިފައިވާކަންވެސް ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން