ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ މިހާރުގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އިސްރާއިލުން ޝަހީދުކޮށްލައިފި އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ ހަނިއްޔާ ޝަހީދުކޮށްލީ އިރާނުގެ ވެރިރަށް ތެހެރާންގައި ކަމަށެވެ.

ހަނިއްޔާ ޝަހީދުކޮށްލީ އޭނާގެ ބޮޑީގާޑުންނާއެކު ތެހެރާންގެ އިމާރާތެއްގައި ހުންނަވަނިކޮށް ކަމަށް އިރާނުގެ މީޑިއާއިން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީގާޑަކުވެސް ވަނީ ޝަހީދުވެފަ އެވެ.

އެ ހަމަލާ ދީފައިވަނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. އެއީ ބޮމެއް ގޮއްވާލައިގެން ކަމެއް ބަޑިން ހަމަލާ ދީގެން ކަމެއް ވެސް ނޭނގެ އެވެ.

ފަހަކަށް އައިސް ހަނިއްޔާ ގައުމުން ބޭރުގައި އުޅުއްވަމުން ގެންދަވާ އިރު ހަނިއްޔާ އިރާނަށް ވަޑައިގެންނެވީ އިރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެހެންވެ ހަނިއްޔާ ހުންނެވީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދައަށް ފިޔަވަޅު އަޅާފައި ހުރި ތަނެއްގައި ކަަމަށް ބެލެވެ އެވެ.

ހަނިއްޔާ ޝަހީދުކޮށްލިއިރު އޭނާގެ ތިން ފިރިހެން ދަރިން ވެސް އިސްރާއިލުން މިދިޔަަ އޭޕްރީލް މަހު ވަނީ ޝަހީދުކޮށްލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން