މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ އަސްކަރީ ވެރިކަމުން ބުދަ ދުވަހު ބުނެފި އެވެ.
މި ނިންމުން ނިންމާފައި ވަނީ އެގައުމުގެ މިހާރުގެ ސަރުކާރުގެ ހުރިހާ ބާރެއް ކޮންޓްރޯލް ކޮށްފައިވާ ސިފައިންގެ ކޮމާންޑަރ އިން ޗީފް ސީނިއާ ޖެނެރަލް މިން އަންގް ހިއިންގް އެވެ.
ސިފައިންގެ ކޮމާންޑަރ އިން ޗީފް ސީނިއާ ޖެނެރަލް މިން އަންގް ހިއިންގް އިތުރު ހަ މަސް ދުވަހަށް މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު އޭނާ އަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާ ކޮންޓްރޯލް ކުރުމުގެ ހުރިހާ ބާރެއް އެގައުމުގެ ގާނޫނީ އަސާސީން ވަނީ ލިބިދީފައެވެ.
އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ އިދާރާ، ނޭޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި މިން އަންގް ހްލައިންގް ވަނީ އެގައުމުގައި އޮތް ނަސްލީ ތަފާތުކުރުން ގެންގުޅޭ ޖަމާއަތްތަކުން ކޮންޓްރޯލްކުރާ ބައެއް ސަރަހައްދުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ ޖަމާއަތްތަކުގެ ހަރަކާތްތައް އަދިވެސް ނުހުއްޓޭކަން ފާހަގަ ކޮށްފައި ވެއެވެ.
އެންމެ ފަހުން މިޔަންމާގައި ވޯޓުލުން ކުރިޔަށް ގެންދަން ނިންމީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ނަމަވެސް މިން އަންގް ހިއިންގް ފަހުން ވަނީ އެގައުމުގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި އޭރުވެސް ހަމަނުޖެހުންތައް ހުއްޓުމަކަށް ނުދާކަމަށް ބުނެ އިންތިހާބު ފަސްކޮށްފައެވެ. އަދި އެފަހަރު އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލުމެއް ބޭއްވުމުގެ ކުރިން ގައުމީ ބޯހިމެނުމެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިޔަންމާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިން އަންގް ހިއިންގް ބޭނުން ވަނީ އެގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައި، ދައުލަތުގެ ޒިންމާތައް އިންތިޚާބު ކާމިޔާބުކުރާ ޕާޓީއާ ހަވާލުކުރުން ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން މިޔަންމާގެ ސަލާމަތީ ހާލަތު ގޯސްވެފައިވާއިރު، އެގައުމުގެ ތިންބައިކުޅަ ދެބައި ސަރަހައްދުގައި ހަމަނުޖެހުންތައް ރެކޯޑްކޮށްފައިވާ ކަމަށް އދ. އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު