ރަޖިސްޓްރީ ނުކޮށް އިންޓަރނެޓްގައި ހިންގާ އޮންލައިން ނޫހަކަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލަ އާއި ގުޅިގެން މީޑިޔާ ކައުންސިލުން ވަނީ މިއަދު ރިޕޯޓެއް ނެރެފައެވެ.
މީޑިޔާ ކައުންސިލުން ބުނީ “ދެންމެ” ނަމަކަށް ކިޔާ ވެބްސައިޓަކުން ރާއްޖޭގެ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ، ހަޑިހުތުރު ބަހުރުވައިން އެތަކެއް ލިޔުމެއް ޝާއިއުކޮށްފައިވާ ކަމަށާއި އެކި ފަރާތްތަކުގެ ޒާތީ ކަންކަމާއި އަބުރަށް އަރައިގަންނަފަދަ ހަބަރާއި މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކައުމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މީޑިޔާ ކައުންސިލުން ބުނީ އެ ކައުންސިލަށް ލިބުނު ޝަކުވާތައް ބެލުމަށް ކުރި މަސައްކަތުން 13 ހަބަރެއް ފެނިފައިވާ ކަމަށެވެ. އެ ހަބަރުތަކުގެ ތެރޭގައި އިޖްތިމާއީ މިންގަނޑަށް ނުފެތޭ ފޮޓޯ ބޭނުން ކުރުމާއި ބޭއަދަބީ ބަސް ބޭނުން ކުރުމާއި، އިޖްތިމާއީ މިންގަނޑަށް ނުފެތޭ ސުރުހީ ބޭނުންކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މީޑިޔާ ކައުންސިލުން ވަނީ ބުނެފައެވެ.
ބޭއަދަބީ ހަބަރުތައް ގެނެސްދެމުން ދިޔަ “ދެންމެ” ވެބްސައިޓަށް މީގެ ކުރީގައިވެސް އިންޒާރު ދީފައިވާކަމަށް މީޑިޔާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިފަހަރު އެ ވެބްސައިޓު ބްލޮކް ކުރުމަށް ކަމާބެހޭ އިދާރާ ތަކަށް ފޮނުވާފައިވާ ކަމަށްވެސް މީޑިޔާ ކައުންސިލުން ވަނީ ބުނެފައެވެ.
މިފަދަ އޮންލައިން ވެބްސައިޓްތަކާއި އެކްސްގައި ހިންގާ އެކައުންޓްތަކުން ކެނޑިނޭޅި ދޮގު މައުލޫމާތު ފަތުރާ ދައުލަތުގެ ވެރިންނާ އާންމު ފަރުދުންނާ ބެހޭ ގޮތުން އިތުބާރު ނުހިފޭ ވާހަކަތަކާއި ދޮގު މައުލޫމާތާއި އަދަބު އަޚުލާގަށް ނުފެތޭ ފޮޓޯތައް ޝާއިއުކޮށް އަބުރަށް އަރައިގަންނަމުން ދާއިރު މީޑިއާ ކައުންސިލުން މިފަހުގެ ތާރީޚެއްގައި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު