މީޑިއާ ކޮމިޝަންގެ ރައީސަކަށް މުޙައްމަދު ފަރުސަތު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގާނޫނުގައި އޮންނަ ގޮތުން އެކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަން ކުރަން ފާސްވީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަންގައި ފަރުސަތުގެ އިތުރުން ތިއްބަވަނީ މަޖިލީހުން ކަނޑައެޅުއްވި މެންބަރުން ކަމަށްވާ ޞަފާ ޝަފީޤް އާއި، އަލްއުސްތާޒާ އާމިނަތު ސަރާޙަތު އިއްޒަތެވެ.
އޭގެއިތުރުން އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންގެ ފަރާތުން އައްޔަނުވި އަބްދުލް އަޒީޒު އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، އިންތިޚާބަކާ ނުލައި އެހެނިހެން މީޑިއާތަކުން އައްޔަނުވި ސިމާހާ ނަސީމާއި، ހުސެން ސަގީފަކީވެސް ކޮމިޝަންގެ މެންބަރުންނެވެ.
މީޑިއާ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންނަށް މަނާކަންތައްތަކުގެ ތެރޭގައި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުން ދިޔުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު