އެންމެ ފަހުން މައިކްރޮސޮފްޓު ޑައުންވެ ބައެއް އެޕްތަކަށް ވަނުމަށް ބުރޫ އަރާފައިވަނީ އެ ކުންފުނީގެ ސޮފްޓްވެއަރ ހެކްވެގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަންގާރަ ދުވަހު، މައިކްރޯސޮފްޓް ކުންފުނީގެ ބައެއް އެޕްތަކަށް ގަސްތުގައި ސައިބަރ ހަމަލާއެއްދީ އޮފްލައިން ކޮށްފައިވާ ކަމަށް މައިކްރޮސޮފްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ ހެކް ހުއްޓުވަން ކުރި މަސައްކަތްތައް ވަރަށް އުނދަގޫވި ކަމަށާއި އެކަން ދަތިކަމަކަށްވި ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ހެކަރުން ހުއްޓުވުމަށް ކުރި މަސައްކަތް ދިގުދެމިގެން ދިއުމުގެ ސަބަބުން އަންގާރަ ދުވަހު މައިކްރޯސޮފްޓުގެ ބައެއް އެޕްތަކާއި ފީޗާތައް އޮފްލައިން ވެގެން ދިޔަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވިންޑޯސް ޕީސީ ހުއްޓި ގިނަ ދަތިތަކަކާ ކުރިމަތިވި ހާދިސާއަށް ފަހުގައި ކަން ފާހަގަ ކުރެވެއެވެ. ވިންޑޯސް ހުއްޓުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުން ފްލައިޓްތައް ކެންސަލްކޮށް، ހޮސްޕިޓަލް އެޕޮއިންޓްމަންޓްތައް ލަސްވެ ވިންޑޯސް ބޭނުންކޮށް އޮންލައިންކޮށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކަށް ބުރޫ އެރިއެވެ.

ވިންޑޯސްގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަނީ ތާޑް ޕާޓީއެއް ކަމަށްވާ ކްރައިޑްސްޓްރައިކް އިން އުފެއްދި ސައިބަރ ސެކިއުރިޓީ ސޮފްޓްވެއާ ބޭނުން ކޮށްގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން