ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވަޒީފާތަަކަށް ނެރުމަށް ތައްޔާރުކޮށްދިނުމަށް ޕްރޮގްރާމްތަކެއް މިހާރު ފަށާފައިވާ ކަމަށް ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ސްކޫލް ނިންމުމަށް ފަހު އެ ކުދިން ތިބެނީ ހުސްކަމެއްގެ ތެރޭގައި ކަމަަށެވެ.
ހަމަ އެހެންމެ އެ ކުދިންނަށް ހާއްސަ ވަޒީފާތަކެއް ތައްޔާރުވެފައި މީގެ ކުރިން ނޯންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު އެފަދަ މީހުންނަށް ދަފްތަރެއް އުފައްދާފައިވާ ކަމަށާއި އަދި އޭގެ ތެރެއިން އެފަދަ މީހުން ވަޒީފާތަކަށް ނެރުމަށް އިތުރު ތައްޔާރީތައްވާން ޖެހޭކަން މިހާރު ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެކަނި ތަންތަނަށް ދިއުން ދަސްކުރުން. ބަހަށް އަރަން ދަސްކުރުން. ފައިސާ ގެންގުޅެއް ދަސްކުރުން. މިކަހަލަ ކަންތައްތަކެއް ދަސްކުރަން ޖެހޭ. އަދި އެއާއެކު ހިތްހަމަނުޖެހޭ ފަހަރަކު ކަންތައްތައް ކުރަން ޖެހޭނެ ގޮތާއި އަމަލުކުރަން ޖެހޭނެ ގޮތާއި މި ކަހަލަ ކަންތައްތަކާއި ނުދަންނަ މީހުންގެ ތެރޭގައި އުޅެން ޖެހޭނެ ގޮތް ދަސްކުރުން." މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ކެއާ ސޮސައިޓީއާ ގުޅިގެން މިހާރު އެފަދަ ކުދިން ވަޒީފާތަކަށް ދިއުމަށް ޕްރޮގްރާމެއް ހިންގަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި މިހާރު 13 ކުދިން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އޭގެ ބޭރުން އިންޓާންޝިޕްތައް ވެސް ކުރިއަށް ގެންދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު