އައިސްކްރީމް އިން ވަގުތީ ގޮތުން އަނގައިގައި ފިނިކަމުގެ އިހުސާސް ކޮށްދިން ނަމަވެސް، އެއީ މުޅި މީހާގެ ހަށިގަނޑުގެ ހޫނުމިން މަތިކޮށްދޭ އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

އަހަރެމެންގެ ވަށައިގެންމިވާ ޖައްވުގެ ހޫނުމިން އިތުރުވަމުންދާ ވަރަކަށް އަހަރެމެންގެ ތެރެއިން ގިނަ މީހުން ހަށިގަނޑުގެތެރޭގެ ހޫނުކަން ކުޑަކޮށްލުމަށްޓަކައި ފިނި ބުއިމެއް ނުވަތަ ފިނި ކާއެއްޗެއް ކާލައެވެ. މީގެ ތެރެއިން އައިސްކްރީމް އަކީ ދުނިޔޭގެ ގިނަ ބަޔަކު އެއަކަށް ވަރަށް ބޮޑަށް ގަޔާވާ ގިނަ ބަޔަކަށް ކަމުދާ ކެއުމުގެ ބާވަތަކަށް ވަނީ ވެފައެވެ.

ހަށިގަނޑުގެ އެތެރޭގައި ހުންނަ ހޫނުކަން ނައްތާލުމަށްޓަކައި އައިސްކްރީމް ހިޔާރު ކުރައްވާއިރު އަސްލު ހަގީގަތުގައި އެއީ ހަށިގަނޑުގައި ހޫނުމިން މަތިކޮށްދޭ އެއްޗެކެވެ.

އައިސްކްރީމުން ހަށިގަނޑުގެ އެތެރޭގެ ހޫނުމިން މަތިކޮށްދެނީ ކިހިނެއްކަން އެނގޭ ހެއްޔެވެ. ކިރުގައި ސަރުބީ ގިނައިން ހުންނަ އައިސްކްރީމް ބޭނުން ކުރާއިރު، ޑައިޓް އިންޑައުސްޑް ތަރމޯޖެނެސިސް ކިޔާ ޕްރޮސެސްއެއް ހަށިގަނޑުގައި ހިނގައެވެ. މި ޕްރޮސެސް ގެ ސަބަބުން ކާނާ ހަޖަމުކުރުމާއި މެޓަބޮލިޒަމްގެ ތެރޭގައި އުފެދޭ ހޫނު މިން އިތުރުވެގެންދާކަމަށް މުމްބާއީގެ ވޮކްހަރޑްޓް ހޮސްޕިޓަލްސްގެ ސީނިއާ ޑައިޓީޝަން ރިޔާ ދޭސައި ވިދާޅުވި އެވެ.

އައިސްކްރީމްގައި ހިމެނޭ ކިރުގައި ހުންނަ ފެޓްސް ގައި އެހެން ކާބޯތަކެތީގައި ހުންނަ ކާބޯހައިޑްރޭޓް ނުވަތަ ޕްރޮޓީން ފަދަ ނިއުޓްރިއެންޓްތަކާ އަޅާބަލާއިރު ހަކަތަ ގިނަ އެވެ. "އޭގެ ނަތީޖާއެއްގެ ގޮތުން ފެޓްސްތައް މެޓަބޮލައިޒް ވުމުން ހަށިގަނޑަށް އިތުރު ހޫނު ދޫކޮށް، އިތުރު ހަކަތަ ފޯރުކޮށްދޭ،" ޑެސައި ވިދާޅުވި އެވެ.

ގިނަ ބަޔަކަށް ކަމުދާ މި ފިނި ބުއިމުގައި ހިމެނޭ ސަރުބީން އަންނަ ހޫނަކީ ހަށިގަނޑަށް ނުރައްކާވާ ހޫނެއް ނޫނެވެ. އައިސްކްރީމް ފަދަ ހަކުރުގެ މިންވަރު އިތުރު ކާބޯތަކެއްޗަކީ ގިނަ ގިނައިން ކެއުމާއި ދުރުކުރުވާން ޖެހޭ ބާވަތެއްކަން ޑޮކްޓަރުންނާއި ޑައިޓީޝަނުން ލަފާދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން