އީރާނުގެ ވަރުގަދަ އިންޒާރުތަކާއެކު ދުނިޔޭގެ ބާޒާރުގައި އިސްރާއީލުގެ ހިއްސާ ދަށަށް ހިނގައްޖެ އެވެ.

ޔަހޫދީ އިސްރާއީލުގެ ހިއްސާ އާދީއްތަ ދުވަހު ވަރަށް ބޮޑަށް ދަށްވެފައިވާއިރު މިއީ އީރާނާއި ހަމާސް އަދި އެގައުމުތަކަށް ވާގިވެރިވާ ޖަމާއަތްތަކުގެ ހަމަލާތަކުގެ ނުރައްކާ ކުރިއަށްދާކަން ހާމަވެގެންދާ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

ބެންޗްމާކް ޓީއޭ-35 ސްޓޮކް އިންޑެކްސް %2.7 އާއި ހަމައަށް ދަށްވެފައިވާއިރު މިއީ ހަފްތާއެއްގެ ތެރޭގައި މީގެ ހިއްސާ އެންމެ ބޮޑަށް ދަށްވި ފަހަރުކަން ފާހަގަ ކުރެވެއެވެ. އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގެ ‘ސްޓޮކް އެކްސްޗޭންޖް’ ހުކުރު އަދި ހޮނިހިރު ދުވަހު ބަންދުކުރާއިރު މިކަމުގެ ސަބަބުން އިސްރާއީލުގެ ދައުލަތަށް ގެއްލުންވާނެ ކަމަށް ލަފާކުރެ އެވެ.

މިދިޔަ ހަފްތާގައި ހަމާސް އާއި ހިޒްބުاللهގެ ލީޑަރު އަވަހާރަކޮށްލި މައްސަލައިގައި އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައިވާއިރު އީރާނާއި ހަމާސް އިން ދީފާނެ ހަމަލާއަކަށް އިސްރާއީލުން ތައްޔާރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ހަމާސް އާއި ހިޒްބުالله އަކީ ނިރުބަވެރި ޖަމާއަތްތަކެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ދެ ޖަމާއަތެވެ. ނަމަވެސް ނިރުބަވެރި އަމަލުތައް ހިންގުމުގެ ތާރީޚެއް އޮތީ އިސްރާއީލުގައިކަން ފާހަގަ ކުރެވެއެވެ. އަދި އެމެރިކާއިން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް ކުޑަކުދިންނާއި މުސްކުޅިން އަދި އަންހެނުން މެރުމަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން