ޙަމާސްއިން އެ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ އައު ވެރިޔާގެ މަޤާމަށް ޣައްޒާގައި ހުންނެވި އެ ޖަމާޢަތުގެ އެންމެ އިސް ވެރިޔާ، ޔަޙްޔާ އިބްރާހީމް ޙަސަން އައްސިންވާރު އައްޔަނުކޮށްފިއެވެ.
އަންގާރަ ދުވަހު ޙަމާސްއިން ނެރުނު ބަޔާނެއްގައި، ސިންވާރު އެ މަޤާމަށް އައްޔަނުކުރީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހުރާނުގައި ދިން ހަމަލާއެއްގައި އެ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.
އެ ޖަމާޢަތުން ނެރުނު ކުރު ބަޔާނުގައި ވަނީ؛ "ޝަހީދު ކޮމާންޑަރު އިސްމާޢީލް ހަނިއްޔާ (މާތްރަސްކަލާނގެ އޭނަގެ މައްޗަށް ރަހުމަތްލައްވާށި) އަށް ފަހު ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ ވެރިޔާގެ ގޮތުގައި ކޮމާންޑަރު ޔަޙްޔާ އައްސިންވާރު އައްޔަނު ކުރިކަން ޙަރަކަތު އަލްމުޤާވަމަތު އަލްއިސްލާމިއްޔާ (ޙަމާސް) އިން އިޢުލާނުކުރަމެވެ." މިފަދައިންނެވެ.
އިސްރާއީލުން ދެކޭ ގޮތުގައި، 61 އަހަރުގެ ސިންވާރަކީ 2023 އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުގެ ސަރަޙައްދުގައި ހަމާސްއިން ހިންގި ޙަމަލާ ރާވައި ހިންގި މޭސްތިރިއެވެ. މި ޙަމަލާގައި އިސްރާއީލުގެ 1،100 އަށްވުރެ ގިނަ މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުކުރެވުނެވެ.
މި ޙަމަލާގެ ރައްދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 40،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ހާހުން ގުނާލެވޭ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، 2.3 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް ހުރިހާ މީހުން ގެދޮރުން ނުކުމެ ދާންޖެހިފައިވެއެވެ. މި ޢުދުވާނުގެ ސަބަބުން ޣައްޒާގައި މިހާތަނަށް ދުނިޔެ ދެކެފައިނުވާ ފަދަ އިންސާނީ ކާރިސާއެއް އުފެދި، ބަނޑުހައިހޫނުކަމާއި ސިއްޙީ ކުއްލި ނުރައްކާތައް ފެތުރިފައިވެއެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިސްރާއީލުންކަން ވަރަށް ބޮޑަށް ޔަގީންކުރެވޭއިރު އެކަމުގެ ސަބަބުން ސަރަޙައްދުގައި ވަނީ ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. ގިނަ ފަރާތްތަކުން ދެކޭގޮތުގައި މިއީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމަށްޓަކައި އިސްރާއީލުގެ ބޮޑުވަޒީރު ބިންޔަމީން ނެތަންޔާހޫގެ ސަރުކާރުން ކުރި ކަމެކެވެ. ހަނިއްޔާއަކީ ހަމަލާތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި އިސް ދައުރެއް އަދާކުރި ފަރާތެކެވެ.
2023 އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު އާއްމުކޮށް ފެންނަލެއް މަދުވެފައިވާ ސިންވާރު، އިސްމާޢީލް ހަނިއްޔާއަށް ފަހު ޙަމާސްގެ ސިޔާސީ ވެރިކަމަށް ނެގިނެގުމަކީ އެ ޖަމާޢަތުގެ ސިޔާސީ ތަސައްވުރުގައި ޣައްޒާއަށް އޮތް މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށް މުޙައްލިލުން ދެކެއެވެ.
އަދި މުޙައްލިލުން ދެކޭ ގޮތުގައި މިއީ އިސްރާއީލުގެ ޢުދުވާނީ ހަމަލާތައް ހުއްޓުވުމުގެ މަޝްވަރާތަކުގައި، ޣައްޒާގެ ބަހެއް ނެތި ގޮތެއް ނުނިންމޭނެ ކަމުގެ ހެތްކެކެވެ.
ސިންވާރު އުފަންވެފައިވަނީ ޚާން ޔޫނިސްގެ ދެކުނުގައި އޮންނަ ޣައްޒާގެ ރެފިއުޖީ ކޭންޕެއްގައެވެ. އޭނާ ޙަމާސްގެ ޣައްޒާ ސަރަހައްދުގެ އިސް ވެރިޔަކަށް ވީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ ތުހުމަތުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ ވޮރަންޓު ނެރުމަށް އެދުނު ހަމާސްގެ ގިނަ އިސްވެރިންގެ ތެރޭގައި ސިންވާރު ވެސް ހިމެނެއެވެ.
އިސްރާއީލުން ހަމާސް ނައްތާލުމަށް ވަޢުދުވެ، މިޒަމާނުގެ ތާރީޚުގައި ދުނިޔޭގެ ބިމަކަށް ދެމުންދާ އެންމެ ބޮޑު، ފަނާކުރަނިވި އަސްކަރީ ޢުދުވާނީ ހަމަލާތަކާއެކު ވެސް، ޙަމާސް ޖަމާޢަތުން އަންނަނީ ޣައްޒާގައި ފަހަތަށް ނުޖެހި ފައިތިލަ ސާބިތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު