ހުއްޓިފައި ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓެއް ފަށައި 27 ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތައް ޖަވާބުދާރީ ކުރުވާ، (އެސްއޯއީ) ކޮމިޓީގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވީ މި ސަރުކާރުން އާރުޑީސީއާ ހަވާލުވި އިރު އެ ކުންފުންޏަށް 35 ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތް ކަމަށެވެ.
އަދި އޭގެ ތެރެއިން ފަށާފައި އޮތް 17 ޕްރޮޖެކްޓެއްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދިނީ ހުއްޓިފައި ހުރި ރަށްރަށުގައި އަލުން ޕްރޮޖެކްޓައް ފަށަން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ 17 ރަށުގައި މަސައްކަތް ކުރަން ބޭނުންވާ ސާމާނުވެސް ކުރިން ނެތް ކަމަށެވެ. އަދި ކުންފުނީގެ ހާލަތު އޮތް ގޮތުން ކްރެޑިޓަށް ވެސް ތަކެތި ހޯދަން އޮތީ އިންތިހާއަށް ދަތިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކި ގޮތްގޮތުން ތަކެތި ހޯދައިގެން މަސައްކަތްތައް ފަށަން ކުރި މަސައްކަތް ކާމިޔާބުވިކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން ޑިސެމްބަރު ނިމުމުގެ ކުރިން އަޅުގަނޑުމެންވާނީ 17 ރަށެއްގައި މަސައްކަތް ފަށައި މަސައްކަތް ޕްރޮގްރެސްކުރަން ފެށިފައި. އެއީ ވަރަށް ގިނަ މުވައްޒަފުންތަކެއް ކޮންމެ ރަށެއްގައި ތިބުމާއެކު މަސައްކަތްތަކެއް ނުކުރާ ކަމަށްވަންޏާމު މަންފާ ލިބޭނެ ގޮތެއް ނެތުމާއެކު. އެހެންވީމާ ހުއްޓިފައި އޮތް ހުރިހާ ޕްރޮޖެކްޓެއް ޖެނުއަރީގައި ހަމަ އެއްކޮށް ފެއްޓީ. އޭގެ ފަހުން އަޅުގަނޑުމެން މިދަނީ 27 ރަށެއްގައި މަސައްކަތްތައް ފެށިގެން ކުރިއަށް." ޒުހައިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު