ދަނޑުވެރިންގެ އުފެއްދުންތަކެއް.
ދަނޑުވެރިންގެ އުފެއްދުންތަކެއް.
މިއަހަރުން ފެށިގެން ދަނޑުވެރިންގެ ދުވަހަކީ އޮކްޓޫބަރު 15 ކަމަށް ކަނޑައަޅައި އެކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި މީގެ ކުރިން ހަމަޖައްސާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެތާރީޚްގައި ދަނޑުވެރިންގެ ދުވަހުގެ ޙަރަކާތްތައް ރަސްމީކޮށް ފާހަގަކުރުމަށް ހުރަސް އެޅެމުން ދިއުމާއެކު، 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި އެދުވަސް ބަދަލު ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ތާރީޚަށް މީގެ ކުރިން ބަދަލު ގެނެސްފައިވަނީ ދަނޑުވެރިންނާއި ދަނޑުވެރިން އުފައްދާ ތަކެއްޗާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހާއި ގުޅޭގޮތަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

"2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން އަރުއްވާފައިވާ ލަފާފުޅާއި އެއްގޮތަށް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް 11 ފެބުރުވަރީ 2020ގައި ރައީސުލްޖުމްޙޫރިއްޔާވަނީ ކަނޑައަޅުއްވާދެއްވާފައެވެ." ދަނޑުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އޭގެ ފަހުން ކޮންމެ އަހަރަކުވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން ދިޔަ ކަމުގައިވީނަމަވެސް 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފެންނަން އޮތީ 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔަ ތާރީޚް ކަމަށްވާ 10 އޮގަސްޓު ކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ތާރީޚަށް ގެނެވިފައިވާ ބަދަލުގެ މައުލޫމާތު އާންމުކޮށް ޙިއްޞާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން