މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިންގުމުގެ އޮނިގަނޑަށް ގެނައި އިޞްލާޙާ ގުޅިގެން، އެ މުއައްސަސާއަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމުތަކަށް ޤާބިލު އަދި އިޚްލާޞްތެރި ފަރާތްތައް ބޭނުންވެއެވެ. އަދި މި ފުރުޞަތު އެމްއެމްއޭގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ހުޅުވާލެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެވޭ ފަސް ދާއިރާއަކީ؛ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިންގ އޮޕަރޭޝަންސް، ކޯޕަރޭޓް ސަރވިސަސް އަދި ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓެވެ.

މި މަޤާމުތަކަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި 50,000 ރުފިޔާއިން 55,000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅިފައިވެއެވެ.

އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް, އަލަށް ޢައްޔަންކުރި ގަވަރުނަރު މުޙައްމަދު މުނައްވަރުގެ މުހިންމު އެއް އިސްނެގުމަކީ، އެސިސްޓެންޓް ގަވަރުނަރުގެ މަޤާމުގެ ބަދަލުގައި މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމުތައް އުފެއްދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން