ޕެރިހުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސް ގައި ދިން މެޑަލް ތަކުން ކުލަވެއްޓޭކަމުގެ ޝަކުވާތައް ކުރަން ފަށައިފިއެވެ.

ޕެރިސް 2024 ގައި އެތުލީޓުންނަށް ދިން އޮލިމްޕިކްސް މެޑަލްގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އެތުލީޓުން މިހާރު ވަނީ ބުނަން ފަށާފައެވެ. އެތްލީޓުން މިގޮތަށް ބުނަން ފަށާފައި ވަނީ ހަފްތާއެއް ނުވަނީސް އެ އެތްލީޓުންނަށް ދިން މެޑަލްތަކުން ކުލަ ވެއްޓެން ފެށުމުންނެވެ.

މެޑަލް އިން ކުލަ ވެއްޓުމުގެ ޝަކުވާ އުފުލި އެއް އެތުލީޓަކީ ޓީމް ޔޫއެސްއޭގެ ސްކޭޓްބޯޑަރެކެވެ. އޭނާ ބުނީ އޭނާ ހޯދި ރިހި މެޑަލް ހަފްތާއެއް ފަހުން މިހާރު ކުލަޗެއްޓެން ފަށާފައިވާ ކަމަށެވެ.

ސްކޭޓްބޯޑް ސްޓްރީޓް ފިރިހެނުންގެ ބައިން ތިން ވަނަ ހޯދި ނައިޖާ ހަސްޓަން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ އޭނާގެ ބްރޯންޒް ކާމިޔާބުކުރިތާ ދުވަސްތަކެއް ފަހުން މިހާރު ކުލަ ގެއްލިފައިވާ ކަމަށެވެ.

މިހާރު ޕެރިހުގައި ކުރިޔަށްދާ އޮލިމްޕިކްގައި ދެމުންދާ މެޑަލްތަކަކީ އައިފަލް ޓަވަރުން ރިސައިކަލް ކޮށްފައިވާ ދަނގަޑު ހިމަނައިގެން ހަދާފައިވާ މެޑަލްތައްކަން ފާހަގަ ކުރެވެއެވެ.

ހަސްޓަން އޭނާގެ ފަސް މިލިއަން ފޮލޯވަރުން ތިބި މީސްމީޑިޔާ ލްލެޓްފޯމްގައި ކުރި ޕޯސްޓުގައި ބުނީ މި އޮލިމްޕިކް މެޑަލްތައް ފުރަތަމަ ލިބުނު އިރު ވަރަށް ރީތި ކަމަށާއި ނަމަވެސް މިހާރު ކުލަ ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން