ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ސްކޫލެއްގައި ފަތިސްނަމާދު ކުރަމުންދިޔަ ބަޔަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއިލުން މިހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ އައްދަރަޖް ސަރަހައްދުގައި ހުންނަ އައްތާބިޢީން ސްކޫލަކަށެވެ. އެސްކޫލަށް މި ހަމަލާދީފައިވަނީ އެތަނުގައި ރައްޔިތުން ފަތިސްނަމާދު ކުރަމުންދަނިކޮށެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީން ބުނީ ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ދިން ހަމަލާއާ ގުޅިގެން ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ހަމަލާތައް އަމާޒުކޮށްފައި ވަނީ އެތަނުގައި ރައްޔިތުން ފަތިސް ނަމާދު ކުރަމުން ދަނިކޮށެވެ. އެ ސްކޫލަކީ ގެދޮރު ގެެއްލި ހާލުގައި ޖެހިފައި ތިބި މީހުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ތަނެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 39،699 މީހުން ޝަހީދުވެ 91،722 މީހުން ވަނީ ޒަހަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން