ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނިރުބަވެރި އިސްރާއީލަށް އިތުރު 3.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން އެމެރިކާއިން ނިންމައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ބުނީ 3.5 ބިލިއަން ޑޮލަރަށް ވާވަރަށް އެގައުމުގައި އުފައްދާ ހަތިޔާރާއި އަސްކަރީ ސާމާނު އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވާފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވީ ބައިޑަންގެ ވެރިކަމުގައި ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު އިސްރާއީލަށް ދޫކުރަން ގަސްތުކުރާކަން ކޮންގްރެސްއަށް އަންގާފައިވާ ކަމަށެވެ.

މި ހަތިޔާރުތައް ދާނީ އިސްރާއީލުގެ އަސްކަރީ ވަކި ޔުނިޓަކަށް ކަމަށާއި އެ ޔުނިޓަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ޔުނިޓު ކަމަށް މީޑިޔާ ތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުގެ ހާއްސަ ޔުނިޓްގެ ނަން އެގައުމުން އެއްވެސް ގޮތަކަށް އާންމުކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި އެ ޔުނިޓަކީ ޒަޔަނިސްޓް އިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްރާއީލުގެ ނެޓްޒާ ޔަހޫދާ ބެޓޭލިއަން ނަމަކަށް ކިޔާ ޔުނިޓެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ މައްޗަށް ވަނީ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ހިލާފު އެތައް ކަމެއް ކޮށްފައިވާ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލް ހިޔާތަކަށް ހަމަލާދިނުމާއި، ގައިދީންނަށް އަނިޔާކުރުމާއި، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ލައްކައެއްހާ މީހުންގެ ފެނާއި ކާނާ އަދި ބޭސްފަރުވާގެ ތަކެތި މަހުރޫމް ކުރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން