އެޕަލް އިން މި އަހަރު ނެރޭ އެ ކުންފުނީގެ އައިފޯން 16 އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި މަސައްކަތްތައް އަވަސް ކުރުމަށް އިތުރު 50،000 މަސައްކަތްތެރިން މިހާރު ވަނީ ނަގާފައެވެ.

ފޮކްސްކޮން އިން ވަނީ އެ ކުންފުނީގެ އެންމެ ބޮޑު އެސެމްބްލީ ޕްލާންޓުގައި އިތުރު 50،000 މަސައްކަތްތެރިން ވަޒީފާ އަށް ނަގައިފައެވެ.

އަދި މިއަހަރުގެ ޑިމާންޑް އިތުރުވާނެ ކަމަށް ބަލައި، ޑިމާންޑް ފުއްދުމަށް ބޭނުންވާ ވަރަށް އާ މަސައްކަތްތެރިން ހޯދުމަށް އެހީތެރިވުމަށްޓަކައި މިދިޔަ މަހު ވަނީ މަސައްކަތްތެރިންގެ މުސާރަ އާއި ބޯނަސް ވެސް އިތުރުކޮށްފަ އެވެ.

ފޮކްސްކޮން އަކީ އެޕަލްގެ ޕްރައިމަރީ އައިފޯން އެސެމްބްލަރ އެވެ. ޗައިނާގެ ޒެންގްޒޯގައި ހުންނަ އެއް ޕްރޮޑަކްޝަން ޕްލާންޓަކީ ދުނިޔޭގެ އުފެއްދުންތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރާ ޕްލާންޓުކަން ފާހަގަ ކުރެވެއެވެ. އެހެންވެ އެ ސިޓީއަށް އައިފޯން ސިޓީއޭވެސް ކިޔަ އެވެ.

އައިފޯން އުފެއްދުމަކީ ސީޒަނަލް ކަމެއް ކަމަށާއި، އާންމުކޮށް ޕީކް ޕްރޮޑަކްޝަން ފެށެނީ ސެޕްޓެމްބަރު މަހު އައިފޯން ލޯންޗު ކުރުމުގެ ކުރިން އޮގަސްޓް މަހު ކަމަށް ކަމަށް ފޮކްސްކޮން އިން ވަނީ ބުނެފައެވެ. އަދި މި ސީޒަނަލް ވޯކަރުން ހޯދުމަށް ފޮކްސްކޮން އިން ކޮންމެ އަހަރެއްގެ ޖުލައި މަހު ރެކްރޫޓްމަންޓް ރެމްޕް އަޕް ކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން